އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މޭޔަރަކަށް ހުންނަވައިގެން ވިއްކި ޕާކިން ސޮލްޓްތައް އަތުލައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެެވެ.

އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، އެމަނިކުފާނަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ޑރ. މުޙައްމަދު މުއިއްޒު ވިއްކެވި ޕާކިން ސޮލްޓްތައް އަތުލައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލޭ ސިޓީ ކައުންސިލުން މަތިކޮށްފައިވާ ޒިންމާ އެއް ކަމަށެވެ. އެހެން ނަމަވެސް ޓްރެފިކް މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި އެޑްވާންސަށް ލާރި ނެގުމަށްފަހު މާލޭގެ ހުރިހާ މަގުތަކެއް ޕާކިން ސޮލެޓަށް ވިއްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ބޮޑެތި ފަޅުތަކާއި ރަށްތައް ކުރީގެ ސަރުކާރުން ވިއްކިގޮތަށް މާލޭ ސިޓީގެ މަގުތައް ވިއްކާ ހުސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދެވަނަ ދައުރެއްގައި އެގޮތަށް ވިއްކާފައިވާ ޕާކިން ސޮލެޓްތައް އަތުލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަން ބަދަލުކުރަންޖެހޭނެ އަޅުގަނޑުމެން، ދެން އަންނަ ދައުރެއްގައި މިތަންތަން ނަގަންޖެހޭނެ، އަޅުގަނޑުމެންގެ ސިޔާސަތަކީ މަގުތައް ހުސްކޮށް ޕާކިންއަށް ވަކި ސަރަަހައްދުތަކެއް ކަނޑައެޅުން، މިހެންނެއް މާލޭގެ މަގު ވިއްކައި ލާރި ނަގައިގެން ކެމްޕޭން ކުރާކަށް ފުރުސަތެެއް ނޯއްނާނެ،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

އަދީރު

02-Sep-2023

ތިކަން ތިހެން ކުރާނީ ވެރިޔާގެ މޮޔަކަމުން. ޕާކިން ނުދައްކާ އަތުލާގެން ގެއްލޭނެ ވޯޓް މާ ގިނަވާނެ


6

ޖަމީލު

13-Sep-2023

އަހަރެންގެ ވޯޓު ލިބޭނީ ޕާކިން ދެއްކި ބޭފުޅާއަށް. އަތުލާ މީހަކަށް ނޫން


6

އާލިމް

13-Sep-2023

ތިކަމުން ވޯޓެއް އިތުރެއް ނުވާނެ



ޓްރެންޑިން