ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ ރަމްޒުވަނީ ރޭ މާލޭގައި އެމްޑީޕީން ބޭއްވި ޖަލްސާގެ މަންޒަރާއިކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ކެމްޕެެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ރިޔާސީ އިންތިހާބު މިހާރު އޮތީ ނިމިފައި ކަމަށެވެ. އަދި މިރޭ ވޯޓު ގުނިޔަސް އެމަނިކުފާނު މޮޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މާދަމާ ވޯޓު ގުނައިފިއްޔާ އެއަށް ވުރެ ބޮޑުތަނުން މޮޅުވާނެ. ނުވަ ސެޕްޓެމްބަރު 9ގައި ގުނައިފިއްޔާ މާބޮޑުތަނުން މޮޅުވާނެ،" އެމްޑީޕީގެ އެތަށް ހާސް ސަޕޯޓަރުންނާއި މުހާތަބު ކުރަށްވަމުން ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހިނގަމުންދާ ކޮންމެ ސިކުންތަކާއި މިނެޓެއް ދިވެހިންނާއި ގާތްކޮށްދެނީ އުފާވެރި އަމާންރާއްޖެ ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ 16 އަތޮޅަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުން ފެނިގެންދިޔައީ އަނިޔާވެރިކަމަށް އެނބުރި ދާން ބޭނުން ނުވާ މަންޒަރު ކަމަށެވެ. އަދި އެމަނިކުފާނަށް ފެނިވަޑައިގަތީ ބޮޑެތި ހެޔޮ ބަދަލުތަކެއް ރަށްތަކަށް އައިސްފައިވާ މަންޒަރު ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރައްޔިތުން މިހާރު ތިބީ ގޮތް ނިންމައިގެން ކަމަށެވެ. އަދި ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއް ބުރުން ނޫން ބުރެއް މިފަހަރަކު ނެތް. މުޅި ރާއްޖޭގެ ރަސްމީ ނަތީޖާ ރަމްޒުވަނީ ފުރަ މާލޭގައި މިރޭ މި ބޭއްވޭ ޖަލްސާގެ މި މަންޒަރާއި،" ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


6

ދުމަހުއަ

02-Sep-2023

ރައީސް އެބުނީ ވަރަށް ނުރައްކާތެރި ބަހެއް ވެރިކަމުގައި މިހާރު ހުރިމީހާ އެހެންބުނުމަކީ އިންތިޚާބުގެ ސައްޙަކަމާމެދު ސުވާލު އުފެދޭ ކަމެއް އަނެއްކޮޅުން މާދަމާ ރޭ މުޢިއްޒުގެ ކެމްޕޭން ނިންމާ ޖަލްސާއަށް އިންވެސް ހަމަ ތިމަންޒަރު ފެނުން ކާރި އެހެން ނޫނީ ތިއަށްވުރެ ބޮޑު މަންޒަރެއް ވެސް ފެނިދާނެ



ޓްރެންޑިން