ފޮޓޯ: ސަންއޮންލައިން އިންޓަނޭޝަނަލް
ފޮޓޯ: ސަންއޮންލައިން އިންޓަނޭޝަނަލް
މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓްއެލަރޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. ހެނދުނު 10:15 އިން ފެށިގެން މެންދުރު 14:15 އާއި ހަމައަށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ބޯކޮށް ވާރޭވެހޭކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިއެވެ.

އެ އިދާރާއިން ބުނީ، އެލަރޓް ނެރެފައިވާ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. ވީމާ، އެންމެހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން