ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ކުރިއަށްގެންދާ ރިޔާސީ ކެމްޕެއިންގެ ތެރެއިން، ފެނި ހާމަވާ ކަމަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އޮތް ތާއީދު އިންތިހާއަށް ބޮޑުކަންކަމަށް އެމަނިކުފާނުގެ ރަނިން މޭޓް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ކާމިޔާބީ ފާހަގަކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

އަސްލަމް އިސްކޮށް ހުންނަވައިގެން ލަންކާގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން، ގިނަ ބަޔަކު ބައިވެރިވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްވެސް ލަންކާގައި ބޭއްވިއެވެ.

އަސްލަމްގެ ޓްވީޓްގައި ވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ކުރެއްވި ތާއީދަށް ފަށްފަށުން ޝުކުރު ދަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ފެނިހާމަވި އެއްކަމަކީ ރައީސް ސޯލިހަށް އޮތް ތާއީދު އިންތިހާ ބޮޑުކަންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.



އަސްލަމް ވިދާޅުވީ ކެމްޕެއިން ދަތުރުގައި ލަންކާގެ ކޮޅުނބަށްފަހު އެމްޑީޕީގެ މިސްރާބު މިހާރު ހުރީ މެލޭޝިއާއަށް ކަމަށެވެ.

ލަންކާއާއި މެލޭޝިޔާއަކީ ގިނަ އަދަދެއްގެ ދިވެހިން އުޅޭ ދެ ޤައުމަށްވާއިރު، ކޮންމެ އިންތިހާބަކާއި ދިމާކޮށް އެ ދެ ޤައުމުގައިވެސް އިންތިހާބުގެ ކެމްޕެއިންތައް ކުރިއަށްގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން