އުތުރުގެ ގިނަ ބަޔަކު ހިދުމަތް ހޯދާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ޤާއިމްކޮށްފިއެވެ.

މިއީ ފަސޭހައިން ލޭ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކުރި ބްލަޑް ބޭންކެކެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޤާއިމްކުރި ބްލަޑް ބޭންކުގައި 200 ޕެކް ލޭ ބެހެއްޓޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަކީ އެ ސަރަހައްދުގެ 40 އަށްވުރެ ގިނަ ރަށުގެ މީޙުން ހިދުމަތް ހޯދާ ހޮސްޕިޓަލަކަށްވުމުން ގިނަ އޮޕަރޭޝަންތަކެއްވެސް އެ ހޮސްޕިޓަލުގައި ކުރިއަށްގެންދެއެވެ. އެހެންކަމުން ބްލަޑް ބޭންކަކީ ކޮންމެވެސް މުހިއްމު ހިދުމަތެއްކަމަށް ހޮސްޕިޓަލުން ފާހަގަކުރެއެވެ.



ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ ބްލަޑް ބޭންކު ޤާއިމްވުމުން އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ ދަރުމަވެރިންނަށްވެސް މިހާރު ލޭ ހަދިޔާކުރެވޭނެކަމަށެވެ.

ސަރުކާރުން އަންނަނީ ކުޅުދުއްފުށީގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެކުރިން އެ ރަށުން ނުލިބޭ ގިނަ ހިދުމަތްތަކެއް މިހާރު އެރަށުން ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން