ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށެވެ.



މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ބ އަތޮޅުން ފެށިގެން ތ އަތޮޅަށް މޫސުން ގޯސްވާނެތީ ވައިޓް އެލާޓްވެސް ނެރެފައެވެ. އަދި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތު އުދަ އެރުންވެސް އެކަށީގެންވާކަމަށް މެޓް އޮފީޙުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން