ދައުލަތުގެ ސޮވެރިން ޑިވޮލްޕްމަންޓް ފަންޑުގައި 6 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި ދައުލަތުގެ ދަރަނި ދެެއްކުމަށް އެއްވެސް ދައްޗެއް ނެތް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެެެވެ.

ސަންގުޓީވީ މިރޭ ކުރިއަށް ގެންދާ ސަންގު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ 2026 ގައި ޑައިރެކްޓް ޑިއުވާން އުޅެނީ 800 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރޭގައި އޭޑީއެފްޑީސީގެ 100 މިލިއަން ޑޮލަރު އެބައޮތް ކަމަށާއި އެލޯނު ފަސްކުރަން ޖާގަ ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑުގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކި ކަމަށާއި އޭގެތެރެއިން 250 މިލިއަން ޑޮލަރު ދެެއްކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ނެގި ސަނީ ސައިޑްގެ ބޮންޑަށް ފައިސާ ދައްކަން ކަމަށެވެ. އަދި ބާކީ ފައިސާ ހަރަދުކުރީ ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ދަރަނި ދެެއްކޭނެ ސިޔާސަތު ސަރުކާރުގައި އެބައޮތް ކަމަށެވެ.



"2026 ގައި ލޯނު ދައްކާނެ ސިޔާސަތު އެބައޮތް، އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި ރީ ފައިނޭންސް ކުރާނަން، މާކެޓަށް ގޮސް ފައިސާ ހޯދޭނެ ގޮތް އެބަހުރި." ރައީސް ސޯލިހް ވިދާޅުވިއެވެ.



މީގެ އިތުރުން ރައީސް ވިދާޅުވީ ސޮވެރިން ފަންޑުގައި 6 ބިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. އަދި 2026 ވަނަ އަހަރު އަންނަންވާއިރަށް އެމަނިކުފާނުގެ އަމާޒަކީ 350 އާއި 400 މިލިއަން ޑޮލަރާ ހަަމަޔަށް ފަންޑު ސައިޒް ބޮޑުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އިތުރު ޓެކްސްއެއް ތައާރަފްކުރުމުގެ ވިސްނުންފުޅެއް އަދި ނެތް ކަމަށް ވިދާޅުވެފައިއެވެ.

"ފައިސާ ދައްކާކަށް ސަރުކާރަށް ދައްޗެއް ނެތް އާމްދަނީ އިތުރުވަމުން، އަޅުގަނޑު ވެރިކަމަށް އައިއިރު ދައުލަތުގެ އާމްދަނީ އަކީ 22 މިލިއަން މިހާރު ދައުލަތުގެ އާމްދަނީ އަކީ 34 މިލިއަން، އަމާޒަކީ 2026 އަންނަންވާއިރަށް އާމްދަނީ 44 މިލިއަން ރުފިޔާ އަށް އިތުރުކުރުން،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން