މިލިޓަރީ މަސައްކަތެއް ކުރަން ބޭރުގެ އެއްވެސް ބަޔަކު ރާއްޖޭގައި ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީން މިރޭ ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ގައުމުތަކުގެ ސިފައިން ރާއްޖެެއަށް އަންނަނީ ތަމްރީނުތައް ހިންގަން އެކަނި ކަމަށާއި އެ ބޭނުމަށް އެތައް ގައުމަކުން ރާއްޖެއަށް ސިފައިން އަންނަ ކަމަށެވެ. އެހެން ނަމަވެސް މިލިޓަރީ މަސައްކަތެއް ކުރަން އެެއްވެސް ބަޔަކު ނުތިބޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ދޭދޭ ގައުުމުތަކާ އެކީގައި އޮންނަ އެއްބަސްވުންތަކުގެ ދަށުން ޓްރޭނިންތައް ހެދުމަށް އެކިއެކި އެކްސަސައިޒް ހިންގުމަށް އިންޑިއާ މީހުން ވެސް އާދޭ މިތަނަށް، ލަންކާ މީހުން ވެސް އާދޭ، އެމެރިކާ މީހުންވެސް އާދޭ، އިނގިރޭސިން ވެސް އާދޭ ބައެއް ފަހަރު،" ރައީސް ސޯލިހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން