2026 ވަނަ އަހަރުގައި ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ގާސިމް އިބްރާބިމްގެ ވެރިކަމެއްގައި ދައްކަވާނެ ގޮތުގެ ތަފުސީލު އެމަނިކުފާނު މިރޭ ހާމަކުރަށްވައިފިއެވެ

މިރޭ ކުރިއަށް ގެންދިޔަ ސަންގު ޓީވީ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި 2026 ވަނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ 100 ބިލިއަން ޑޮލަރު ދައްކާނެ ގޮތާއި ބެހޭހޮތުން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ އެފައިސާއިން އެއްބައި ދައްކަވާނީ ހިލޭ އެހީ ހޯއްދަވައިގެން ޖަމަށެވެ. އަދި އަނެއްބައި ޚަލާސްކުރަށްވާނީ ދައުލަތަށް ވަންނަ އާމްދަނީ އިތުރުކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، 2026 ވަނަ އަހަރު ދައްކަން ޖެހޭ ދަރަނީގެ ބޮޑު ބައެއް ހިލޭ އެހީގެ ގޮތުގައި ހޯދާނެ ކަމަށެވެ. އަދި، ބާކީ ބައި ދައުލަތުގެ އާމްދަނީ އިތުރު ކޮށްގެން ހޯދޭނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ދިވެހި ގައުމުން ދައްކަން ޖެހޭ ދަރަނި އެއް ބިލިއަން ޑޮލަރަށް އަރާއިރު، އެ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން ދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ގާސިމް އިބްރާހީމް ކަމަށެވެ. އެގޮތުން، ގާސިމް ވަނީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ، 600 މިލިއަން ޑޮލަރު ބޭރުން ގްރާންޓް ނުވަތަ ހިލޭ އެހީގެ ގޮތުގައި ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ އެހީގައި ދައުލަތުގެ ދަރަނި ކުޑަކުރަން މަސައްކަތްކުރައްވާނެ ކަމުގައި ގާސިމް ވިދާޅުވެފައިވެއެވެ.

"އެއް ބިލިއަން ޑޮލަރުގެ ތެރެއިން 600 މިލިއަން ޑޮލަރު ގްރާންޓްގެ ގޮތުގައި ހޯދާނަން. އެކަން މިހާރު ވެސް އަޅުގަނޑު ވާނީ ޔަގީން ކޮށްފައި،" ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ކުރަމުން ގެންދާ ކެމްޕޭން ހަރަކާތްތަކުގައި އެ ޕާޓީގެ އިސް ލީޑަރުން ވަނީ ގާސިމް އިބްރާހީމަކީ ވިޔަފާރީގައި ކާމިޔާބު އަދި ދައުލަތުގެ މަގާމްތައްވެސް ކާމިޔާބުކަމާއިއެކީ އަދާކުރަށްވައި ރަނގަޅު ނަތީޖާއެއް ނެރެފައިވާ ބޭފުޅެއް ކަން ފާހަގަކުރައްވާފައެވެ. އަދި ހުރިހާ ދާއިރާއެއްގެ އެކި އިންޑަސްޓްރީތަކުގެ ވިޔަފާރި ބެލެހެއްޓުމުގެ އިތުރަށް ބޭރުގެ އެކި ފަރާތްތަކާ ކާމިޔާބުކަމާއިއެކީ މުއާމަލާތްތައް ކުރިއަށް ގެންދަވާ ބޭފުޅެއްކަން އެ ޕާޓީން ފާހަގަކުރެއެވެ. އެހެންކަމުން، ޖޭޕީން ގަބޫލުކުރާ ގޮތުގައި ގައުމުގެ އިގްތިޞާދީ ޙާލަތު ފުރިހަމަކުރުމަށްޓަކައި އެންމެ ގާބިލު ބޭފުޅަކީ ގާސިމް އިބްރާހީމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން