ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގަވާއިދާއި އެއްގޮތަށް ބޭންކަކުން އެތެރެކުރި ޑޮލަރުތަކެއް ކަސްޓަމުން ކްލިއަރކުރާ މަންޒަރުކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.

ކަސްޓަމްސްއިން މިހެން ބުނެފައިމިވަނީ އެ ވީޑިއޯއިން ފެންނަނީ ގަވާއިދާއި ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ޑޮލަރުކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅޭގޮތުން ކަސްޓަމްސްއިން ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ފައިސާއަކީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން، ބޭންކްތަކުން ޢަމަލުކުރަން ކަނޑައެޅިފައިވާ އިޖްރާއަތްތައް ފުރިހަމަކޮށް، ކަސްޓަމުން ޑިކްލެއަރކޮށްގެން، އެތެރެކޮށްފައިވާ ފައިސާކަމަށެވެ.

ދިވެހި ކަސްޓަމުން ވަނީ މިފަދަ ވީޑިއޯތައް އާންމުންނަށް އޮޅޭނެހެން އެކި ގޮތްގޮތަށް ޝާއިއުކުރުމުގެ ކުރިން ކަސްޓަމުން ޔަގީންކުރުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން