ޕީޕީއެމް އަކީ ޤައުމު ބިނާކުރާ ފިކުރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ބިދޭސީން ލައްވާ މުޒާހަރާ ކުރުމުގައި ސިޔާސީ ކަންތައްތަކެއް ހިމެނޭކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރަށްވައި ޣައްސާން ވިދާޅުވީ، ޤައުމީ ސަލާމަތަށް ނުރައްކާވާ، އިޤްތިޞާދު ހީނަރުވާ އަދި ރައްޔިތުންނަށް ގެއްލުންވާ ކަމެއް އިދިކޮޅު ކޯލިޝަނުން ނުކުރާނެ ކަމަށެވެ.
"ޕީޕީއެމްއަކީ ޤައުމު ބިނާކުރާ ފިކުރު. ޤައުމީ ސަލާމަތަށް ނުރައްކާވާ، އިޤްތިޞާދު ހީނަރުވާ އަދި ރައްޔިތުންނަށް ގެއްލުންވާ ކަމެއް މި ކޯލިޝަނަކުން ނުކުރާނެ. އެ ވިދާޅުވާ ސިޔާސީ ނުފޫޒު އަންނަނީ ވެރިކަމުގެ އެތެރެއިންބާ؟" ޣައްސާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި އޮތް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ގަވާއިދާއި ޚިލާފަށް ބިދޭސީން މަސައްކަތް ކުރުން ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރުމުން އެކަމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ބަޔަކު ތިބި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ޔަގީން ކަށަވަރުވާ ވަރަށް އެނގޭ މިހާރު މި މުޒާހަރާތައް ބިދޭސީން ލައްވާ ހިންގުމުގައި އެހެން ކަންތައްތަކެއް ހިމެނިގެން ދާކަން. އަޅުގަނޑަކަށް އޭގެ ސާފު މައުލޫމާތު ދަންނަވާކަށް ނޭނގެ. އެހެން ނަމަވެސް މީގެ ސިޔާސީ އެލެމެންޓެއް، އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންގެ ވާދަވެރި ފަރާތުން ކުރާ ކަމެކޭ އެހެނެއް ނޫން. ނަމަވެސް މީގަ ސިޔާސީ އެލެމެންޓެއް އުޅޭކަމަށް އަޅުގަނޑުމެންނަށް ޚަބަރު ލިބޭ." ފައްޔާޒް ވިދާޅުވިއެވެ.
ފަހަކަށްއައިސް ބިދޭސީން ހިންގަމުން ގެންދާ ސިލްސިލާ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތްކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، ކުރިއަށް ގެންދިޔަ މުޒާހަރާ އާ ގުޅިގެން އެ ސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާލަށް ގައު އުކައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
އެ ހަމަނުޖެހުމުގައި ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވެފައިވާ ކަމަށާއި، އެކަމާ ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޕަބްލިކް އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް އެ ސަރަހައްދަށް ފޮނުވައި އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން 41 ބިދޭސީއަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔަކު ވެސް ވަނީ އެ ރިސޯޓުގައި ތިބި ދިވެހިން ރަހީނުކޮށް ފުލުހުންނަށް ޙަމަލާދީ ހަމަނުޖެހުން ހިންގާފައެވެ.

PPM akee gaumu binaa kuraa fikuru. Gaumee salaamathah nurakkavaa, iqthisaadh heenaru vaa, rayyithunnah gellunvaa kameh mi coalition akun nukuraane. E vidhaalhu vaa siyaasee nufoozu annanee verikamuge etherein baa? https://t.co/hJVND1v6CZ
— Mohamed Ghassan Maumoon (@mgmaumoon) July 13, 2020
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި އޮތް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ގަވާއިދާއި ޚިލާފަށް ބިދޭސީން މަސައްކަތް ކުރުން ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރުމުން އެކަމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ބަޔަކު ތިބި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ޔަގީން ކަށަވަރުވާ ވަރަށް އެނގޭ މިހާރު މި މުޒާހަރާތައް ބިދޭސީން ލައްވާ ހިންގުމުގައި އެހެން ކަންތައްތަކެއް ހިމެނިގެން ދާކަން. އަޅުގަނޑަކަށް އޭގެ ސާފު މައުލޫމާތު ދަންނަވާކަށް ނޭނގެ. އެހެން ނަމަވެސް މީގެ ސިޔާސީ އެލެމެންޓެއް، އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންގެ ވާދަވެރި ފަރާތުން ކުރާ ކަމެކޭ އެހެނެއް ނޫން. ނަމަވެސް މީގަ ސިޔާސީ އެލެމެންޓެއް އުޅޭކަމަށް އަޅުގަނޑުމެންނަށް ޚަބަރު ލިބޭ." ފައްޔާޒް ވިދާޅުވިއެވެ.
ފަހަކަށްއައިސް ބިދޭސީން ހިންގަމުން ގެންދާ ސިލްސިލާ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތްކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، ކުރިއަށް ގެންދިޔަ މުޒާހަރާ އާ ގުޅިގެން އެ ސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާލަށް ގައު އުކައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
އެ ހަމަނުޖެހުމުގައި ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވެފައިވާ ކަމަށާއި، އެކަމާ ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޕަބްލިކް އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް އެ ސަރަހައްދަށް ފޮނުވައި އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން 41 ބިދޭސީއަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔަކު ވެސް ވަނީ އެ ރިސޯޓުގައި ތިބި ދިވެހިން ރަހީނުކޮށް ފުލުހުންނަށް ޙަމަލާދީ ހަމަނުޖެހުން ހިންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު