މީގެ 7 މަސް ކުރިން އޭނާގެ މައްޗަށް ކުރެވުނު އެކި ތުހުމަތުތަކުން ސަލާމަތްވި އިނގިރޭސިވިލާތުގެ ފުޓްބޯޅަ ކުޅުންތެރިޔާ މޭސަން ގްރީންވުޑް އެންމެ ފަހުން ލޯން އުސޫލުން ސްޕެއިންގެ ކްލަބް، ގެޓާފޭއަަށް ބަދަލުވެއްޖެއެވެ.

މޭސަންގެ މައްޗަށް ކުރެވުނު ރޭޕްކުރަން މަސައްކަތްކުރުމުގެ ތުހުމަތާއި އަނިޔާކުރުމުގެ ތުހުމަތުގައި އޭނާ ވަނީ މިއަހަރުގެ ޖެނުވަރީ މަހުގައި ހައްޔަރުކޮށްފައެވެ. އޭގެ ފަހުން އުމުރުން 21 އަހަރުގެ މޭސަން ލީގް މެޗެއްގައި ބައިވެރިނުވެ ހުއްޓާ ޓްރާންސްފާ ޑެޑްލައިން ހަމަވާން ގާތްވެފައި ހުއްޓާ ގެޓާފޭއިން ވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުން މޭސަންގެ ސޮއި ހޯދާފައެވެ.

ޔުނައިޓެޑުން ނެރުނު ނޫސް ބަޔާނެއްގައި އެ ކްލަބުން ވަނީ މޭސަން އެހެން ކްލަބަކަށް ބަދަލުވުމުގައި އޭނާއާއި އާއިލާއަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ. އަދި އެއީ ޔުނައިޓެޑާއި ދުރުގައި އުޅެގެން އޭނާއަށް އޭނާގެ ކެރިއަރ އަލުން އާރާސްތުކުރުމަށް ލިބިގެންދާ ފުރުޞަތެއް ކަމަށްވެސް ބުނެފައިއެވެ.

މޭސަންގެ ޖިނާއީ މައްސަލަ ނިމުމުން ޔުނައިޓެޑުން ވަނީ އޮގަސްޓް މަހު ކްލަބުން ހިންގި އެތެރޭގެ ތަހުގީގު ނިންމާލައި، މޭސަން ދެން އެ ކްލަބު ތަމްސީލު ނުކުރާނެ ކަމަށް އިއުލާންކޮށްފައެވެ. ހުކުރު ދުވަހުގެރޭ 11 ޖެހިއިރު ޓްރާންސްފާގެ ސުންގަޑި ހަމަވުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުން ވަނީ އެ މޭސަން ލަލީގާގެ ގެޓާފޭއަށް ލޯނެއްގެ ދަށުން ސޮއިކޮށްފައިވާކަން ކަށަވަރުވެކޮށްދީފައެވެ.

ގެޓާފޭ އިން މޭސަންގެ ސޮއި ހޯދުމުގެ ކުރިން، އޭނާ ވަނީ އިޓަލީ ލީގްގެ ކްލަބް ލާޒިއޯއާއިވެސް ވާހަކަދައްކާފައެވެ. އެހެން ނަމަވެސް، އެ މަޝްވަރާ ކުރިއަކަށް ނުދެވުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން