ރިޔާސީ އިތުރު ދައުރެއް ލިބިވަޑައިނުގެންފިނަމަ ރާއްޖެ ބޮޑު އަނދަވަޅަކަށް ވެއްޓިގެން ހިގައިދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރަށްވާ ދަތުރުފުޅުގެ ތެރެެއިން މިއަދު މެންދުރު ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ރިޔާސީ އިތުރު ދައުރެެއް ބޭނުންފުޅުވަނީ ސަރުކާރުން ފަށާފައި ހުރި ތަރައްގީގެ މަސައްކަތްތައް އެއްކޮށް ނިއްމުމަށް ބޭނުންފުޅުވާތީ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ އިތުރު މަސައްކަތްތައް ކުރުމަށް ރިޔާސީ އިތުރު ދައުރެއް ބޭނުންފުޅުވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އެހެން ނޫނީ ރާއްޖެ ވެއްޓިގެންދާނީ ބޮޑު އަދަނވަޅަކަށް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ތާއިދާއެކު އެމަނިކުފާނު ނިކުމެވަޑައިގެން ހުންނެވީ ރައްޔިތުންނަށް ޚިދުމަތްކޮށް ރައްޔިތުންގެ ތަރައްގީއަށް މަސައްކަތް ކުރުމަށް ކަމަށެވެ. އަދި އެ ނޫން އެހެން އެއްވެސް އެޖެންޑާއެއް އެމަނިކުފާނުގެ ނެތް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެެ.

ރައީސް ވިދާޅުވީ ކެމްޕެއިން ދަތުރުތަކުން އެނގިވަޑައިގަތީ ރައްޔިތުން ތިބީ އެނބުރި އަލުން އަނިޔާވެރިކަމަށް ދާގޮތަށް ނޫންކަން ކަމަށެވެ. އަދި ގައުމަށް އައި ސިޔާސީ ހަމަޖެހުމުގެ ފައިދާ އާއި ކުޑަރަށެެއް ބޮޑު ރަށެއް ބެލުމެއް ނެތި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ހެއު ނަތީޖާ ކެމްޕެއިން ދަތުރުތަކުން ފެނިވަޑައިގެންނެވި ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ތިބޭފުޅުން ވިސްނާވަޑައިގަންނަވާ މި އިންތިހާބުގައި ނަތީޖާ ނިކުންނާނެ ގޮތަކުން ނުވަތަ އަޅުގަނޑުމެންނަށް ހެދޭ ކުޑަކުޑަ މިސްޓޭކަކުން ވެސް މި އެހެން ބައެއްގެ އަތްމައްޗަށް ވެރިކަން ފުރޮޅިގެން ހިގައްޖެނަމަ ދެން ވެގެންދާނެ ގޮތް، އަނެއްކާވެސް އަޅުގަނޑުމެން ކުރިމަތިލާންޖެހޭނީ ބިރުވެރިކަމާއި ނާމާން ކަމާއި ހަމަނުޖެހުމުގެ ތެރެއަަށް." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން