އެމްޑީޕީގެ މެނިފެސްޓޯގެ ވައުދުތައް ފުއްދުމަށް 31 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ތަރައްގީގެ މަސައްކަތް ކުރެވޭނީ އެމްޑީޕީއަށް އެކަނި ކަމަށާއި އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވަނީ ހިސާބުޖަހައި އެކަމަށްދާނެ ޚަރަދުވެސް ނިންމައިގެން ކަމަށެވެ. އަދި ވައުދުތަކަކީ އެއީ ކުރެވޭނެ ކަމެއްކަން ޔަގީން ކޮށްގެންވާ ވައުދުތައް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ވާ ވައުދުތައް ފުއްދާނެ ކަމަށާއި އެކަން ކުރުމުގެ ކެޕޭސިޓީ އެމަނިކުފާނުގެ ކިބައިގައި އެބަހުރި ކަމަށެވެ.

"ކުރިން ވެސް އަޅުގަނޑުމެން ކުރީ އެގޮތަށް. 2018 ވަނަ އަހަރުގެ އަޅުގަނޑުމެންގެ ޕްލެޖްތަކުގެ ތެރޭގައި 43 އާއި 45 ބިލިއަން ރުފިޔާ ޕްލެޖް އަޅުގަނޑުމެންވިން. އިރާދަކުރެއްވިއްޔާ އެ ހުރިހާ މަސައްކަތެއް މިދަނީ ކުރަމުން، މިއަދު މި ހިސާބަށް އައިއިރު އަޅުގަނޑުމެން ވީ ވައުދުތަކަށް ގާތްގަނޑަކަށް 31 ބިލިއަން ރުފިޔާ އެބަ އަރާ. އެވަރަށް ހިސާބު ކުރެވިފައި އަޅުގަނޑުމެންނަށް ހުރީ، އަދިވެސް ޖާގަ އެބައޮތް. ދައުލަތަށް ލިބޭ އާމްދަނީ މިދަނީ އިތުރުވަމުން، އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި 22 ބިލިއަން ރުފިޔާގެ އާމްދަނީ އެއް 2018 ވަނަ އަހަރު ދައުލަތަށް ލިބުނީ. މިއަދު އެ އަދަދު އެ ވަނީ 34 ބިލިއަނަަށް އަރާފައި." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން