ތ. ގުރައިދޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެެއިނަށް ތ. އަތޮޅު ގުރައިދޫއަށް ވަޑައިގެން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ގުރައިދޫގައި އެއާޕޯޓެެއް އަޅުއްވައިދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ތ. މަޑިފުއްޓާއި-ދިޔަމިގިލި ކޯޒްވޭއަކުން ގުޅާލާނެ ކަމަށެވެ. އަދި ދިޔަމަގިލީ ސްކޫލް ބޮޑުކޮށް ތ. ގާދިއްފުށީގެ ބިން އިތުރުކުރުމުގެ މަޝްރޫއެއް ވެސް ހިންގަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މި ސަރުކާރަށް ވައުދު ނުފުއްދޭ ކަމަށާއި އެކަން ރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް ފެންނަން އެބަހުރި ކަމަށެވެ. ނަމަވެސް ކޮންމެ ވައުދެއް ވެސް ފުއްދާނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ހާސިލް ކުރަންޖެހޭ ގޮތް އެނގިވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުއިއްޒު މިއަދު ވަނީ ވޭމަންޑޫއަށް ވެސް ވަޑައިގެންފައެވެ. އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރަށްވައި ޑރ.މުއިއްޒު ވިދާޅުވީ ތ. ވޭމަންޑު އާއި ކައިރީގައި އޮތް ކިނބިދޫ ގުޅުވާލުމަށް އަޅާ ކޯޒްވޭގެ މަސައްކަތް ކުރަށްވާނެ ކަމަށެވެ. މީގެއިތުރުން މުއިއްޒު ވިދާޅުވީ ވޭމަންޑޫގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރައްވާނެ ކަމަށެވެ. އަދި، އެ ރަށުގައި ރަނގަޅު ފެންވަރުގެ ބަނދަރެއް ގާއިމްކޮށްދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު މިއަދު ވަނީ ވިލުފުއްޓަށް ވެސް ވަޑައިގެންފައެވެ. އެރަށުގައި ވެސް އެއާޕޯޓެެއް އަޅަން މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން