ދިވެހި ސަލާމަތީ ބާރުގެ މައްޗައް އެއްވެސް ބަޔަކަށް ބާރެއް ނުފޯރުވޭނެ ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ. 

ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވީ އޭނާގެ ފޮރިން ޕޮލިސީއަކީ އެއްވެސް ގައުމަކާ ދެކޮޅު ނުވުން ކަމަށާއި ވަކިން ހާއްސަކޮށް އަވަށްޓެރި ގައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ. ނަމަވެސް، ކަންކަން ސިއްރުން، ވަންހަނާވެ ތިބެ ނުކުރާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން ނުވަތަ ނޫންކަން ސާފުވާން ޖެހޭ ކަމަށެވެ.

”ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް އެހެން ގައުމެއްގެ ސަލާމަތީ ބާރުތަކުން ބާރު ނުފޯރުވޭނެ، ކަންކަން ސިއްރުކުރާކަށް ނުޖެހޭ. ވަންހަނާކުރާކަށް ނުޖެހޭ. އެގޮތަކަށް ނޫން ސަރުކާރު ހިންގަން ޖެހޭނީ. ސިފައިން ތިބިތޯ ނެތްތޯ ސާފުކޮށް ބުނަން ޖެހޭނެ. ސިއްރު ކުރާކަށް ނުޖެހޭ،“ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސްގެ ވާހަކަފުޅުގައި ރާއްޖެ އާއި ޗާގޯސް މައްސަލާގައި ރާއްޖެއަށް ގެއްލުނު ކަނޑުގެބައި އަނބުރާ ހޯދުމަށް ވެސް އޭނާ މަސައްކަތް ކުރައްވާނެ ކަމަށާއި މިހާރު ރާއްޖޭގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ހައްދުފަހަނައަޅައިދިޔުމާއި ޑްރަގް ޓްރެފިކިން ކަމަށާއި އެކަން ހުއްޓުވުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން