އިދިކޮޅު ކޯލިޝަންގެ ލީޑަރު، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމާއި އަހްމަދު ފާރިސް މައުމޫނާއި ދެބޭފުޅުން ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ޕީޕިއެމުން ބުނެފިއެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫން މާފުށި ޖަލަށް ވަޑައިގެން، ރައީސް ޔާމީނާއި ބައްދަލު ކުރެއްވި ކަމަށް މީޑިޔާ ތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އެކަމާއި ގުޅިގެން މިރޭ އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމިން ފާރިޝްއާއި ބައްދަލު ކުރަށްވާފައިނުވާ ކަމަށެވެ. އަދި އެފަދަ ދޮގު ވާހަކަތައް ފަތުރާފައި ވަނީ އެކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒަށް ޔާމީންގެ ތާއީދު އޮތްކަމާއި، ރައްޔިތުން ޑރ. މުއިއްޒަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައިވާތީ، އެކަން ހަޖަމު ނުވެގެން އެ ކޯލިޝަންގެ މެންބަރުން ބައިބައިކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ކަމަށް ޕީޕިއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި ހަބަރު ފެތުރުމުގެ އަޑީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ބައިވެރިން ހިމެނޭކަމުގައި ބެލުމުގެ ފުރުސަތުވެސް އެބައޮތް ކަބަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޕީޕިއެމުން ވަނީ ފިތުނައިގައި ދިވެހި ރައްޔިތުން ނުޖެހި ރައީސް ޔާމީން އެންޑޯޒް ކުރައްވާފައިވާ ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުޢިއްޒާއި އެކު ސާބިތުވެ ތިބުމަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން