ރިޔާސީ އިންތިހާބުގައި އެމްޑީޕީ ނޫން ބަޔަކަށް ދޭ ވޯޓަކީ ބޭކާރު އިސްރާފު ވޯޓެއް ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހދ. މަކުނުދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނޫން ބަޔަކަށް ރައްޔިތުން ދޭ ވޯޓަކީ ބޭކާރު ވޯޓެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިހާބަށް އެކުލަވާލާފައިވާ މެނިފެސްޓޯ އަކީ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ މެނިފެސްޓޯއެއް ކަމަށެވެ. އަދި އެ މެނިފެސްޓޯގައި ރައްޔިތުންގެ ހުރިހާ ކަމަކަށް ބޭނުންވާ ހައްލު ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ މެނިފެސްޓޯ އިން އެތައް ބައެއްގެ ވިސްނުމަށް ބަދަލުތައް އަންނާނެ ކަމަށާއި މިއަށް ވުރެ ވަކި ފުރިހަމަ މެނިފެސްޓޯއެއް އެއްވެސް ކެމްޕޭނެއްގައި މިހާތަނަށް ނެރެފައި ނުވާނެ ކަމަށެވެ.

މިޖަލްސާގައި ރައީސް ވަނީ މަކުނުދޫ އަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން އެ ރަށުގައި ހައުސިން ޔުނިޓާއި ރޭސިން ޓްރެކެއްގެ އިތުރުން މަކުނުދޫގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މަކުނުދޫ ބަނދަރު ފުންކޮށްދީ މަސްވެރިންނަށް ބޭނުންވާ އައިސްޕްލާންޓެއް ބަހައްޓައިދިނުމުގެ އިތުރުން މަކުނުދޫ ސިއްހީ ނިޒާމުގެ ފެންވަރު އިތުރުކޮށްދީ މަކުނުދޫ ފަޅުގައި ރިސޯޓު ތަރައްގީކޮށް މެރިކަލްޗާގެ މަސައްކަތްތަކެއް ވެސް މަކުނުދޫގައި ކުރިއަށްގެންދަން ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން