ރާއްޖެ އަމާންކުރުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއްގެ ޕްލޭން މިހާރު އޮތީ ނިމިފައި ކަމަށް ހޯމް މިިނިސްޓަރު އިމްރާން މިރޭ ވިދާޅުވެއްޖެއެވެ.

ހދ. މަކުނުދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖެ އަމާންކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއްގެ ޕްލޭން މިހާރު އޮތީ ނިމިފައި ކަމަށެވެ. އިމްރާން ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުވަމުންދާ ގޮތް ސަރުކާރަށް އެނގޭ ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގްރޫޕްތަކާއި ގޭންގްތަކާ ގުޅޭ މީހުން އެގޭ ކަމަށާއި، ބޮޑެތި ޑްރަގް ނެޓްވޯކްތަކާއި އެ ނެޓްވޯކްތައް މަސައްކަތްކުރާ ގޮތް ވެސް ސަރުކާރަށް އެނގޭ ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ އެ ކަންކަމަށް ރިޔާއަތްކޮށް ރާއްޖެ އަމާން ކުރަން ބޭނުންވާ ކަންތައްތައް މިހާރު ހުރީ ޕްލޭން ކޮށް ނިމިފައި ކަމަށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރުން ހުއްޓުވަން ހާއްސަ ޕްލޭނެއް އެބަ އޮތް ކަމަށެެވެ. އެގޮތުން އިސްލާމްދީނަށް ފުރައްސާރަކުރާ "ކުދިން" އިސްލާހުކުރަން މަސަައްކަތްކުރާނެ މުރައްބީންނާއި ދާއީން ތަމްރީނުކުރާނެ ކަމަށާއި އެކަމަށް ފަރުވާދޭނެ ރަނގަޅު ނިޒާމެއް ސަރުކާރުން އެކަަށައަޅަމުން އަންނަ ކަން ވެސް އިމްރާން ވަނީ ފާހަަގަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން