ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް ލ.ގަމުގައި ޤާއިމް ކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލ.ގަމުގައި މިރޭ ބޭއްވި އިދިކޮޅު ޕީއެންސީގެ ކެމްޕޭން ޖަލްސާގައި ވާހަކަަފުޅު ދައްކަވަމުން ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ބަލި މީހުން ވަރަށް ގިނަ ކަމަށާއި ނަފްސާނީ ފަރުވާދޭ މަރުކަޒެއް ގާއިމް ކުރުމަަށް އެޕާޓީގެ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ. އެހެންކަމުން އެ ސެންޓަރު ގަމުގައި އަޅަން ނިއްމާފައިވާ ކަމަށް މުއިއްޒު އިއުލާން ކުރެއްވިއެވެ. މުއިއްޒު ވިދާޅުވީ ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލަކީ ކޮންމެހެން ރާއްޖޭގައި ހުންނަން ޖެހޭނެ ތަނެއް ކަމަށެވެ.

"އެ ހޮސްޕިޓަލް އަޅާނީ ވަރަށް ހިތްފަސޭހަ ގަސްގަހާގެހި ގިނަ ހިތް ގައިމު މީހުން ބާރުބޮޑުވުން މަދު އެކަހަލަ ތަނަކަށް ދިޔައީމަ ހިތްފަސޭހަ ކަން ލިބޭނެ މާހައުލެއްގައި،" ބޭރުގެ ޤައުމުތަކުގައި ވެސް އެފަދަ މެންޓަލް ހެލްތް ހޮސްޕިޓަލްތަށް އިމާރަތް ކުރާ ގޮތަށް އިޝާރަތްކުރަށްވައި މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަން ވެސް ކުރަށްވާ ޑރ.މުހައްމަދު މުއިއްޒު އިތުރަށް ވިދާޅުވީ މިހާރު ގަމުގައި ހުރި ހޮސްޕިޓަލް ބަދަލުކޮށް ޓާޝަރީ ހޮޮސްޕިޓަލަކަށް ހަދާ ހުރިހާ ހިދުމަތްތަކެއް ހިމެނޭގޮތައް ޤާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލް ވެގެން ދާނީ ތަފާތު ހިދުމަތްތަކެއް ދޭ ހޮސްޕިޓަލަކަށް ކަަމަށް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން