އަރބަންކޯއާއި އެމްއައިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ވިލުނުވެރި ކަނބަލުންގެ ޕްރޮގްރާމް ނިންމައި، ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.



ހުޅުމާލޭ ސެންޓްރަލް ޕާރކް ގައި ބޭއްވި ވިލުނުވެރި ކަނބަލުން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އަރބަނކޯގެ ޗީފް ހޮސްޕިޓާލިޓީ އޮފިސަރ އިބްރާހިމް އިނާޒްއެވެ. މި ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ 150 ކަނބަލުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އަރބަންކޯއިން ބުނީ ނިމިގެންދިޔަ ވިލުނުވެރި ކަނބަލުންގެ ޕްރޮގްރާމަކީ އަންހެނުންނަށް ޚާއްސަކޮށްގެން، އަންހެނުން ބާރުވެރިކުރުމަށް ކުރިއަށްގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމެއްކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގައި އާންމު ދިރިއުޅުމުގައި ގޭތެރޭގައި ބޭނުންކުރާ ހިފާގެންގުޅޭ ކަރަންޓުސާމާނު ރައްކާތެރިކޮށް ބޭނުންކުރާނެ ގޮތާއި، އެތަކެއްޗަށް ދިމާވާ ކުދިކުދި ކަރަންޓު މައްސަލަތަކަކީ ކޮބާކަމާއި އެ ކަންކަން ހައްލު ކުރާނެގޮތް ދަސްކޮށްދެވިގެންދިޔަކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

އަރބަންކޯއިން އަބަދުވެސް މުޖްތަމައުގެ ފަރުދުން ބާރުވެރިކުރުވައި ހޭލުންތެރިކުރުމަށް ތަފަތު ޕްރޮގްރާމްތަކާއި ޓްރެއިނިންގްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އަރބަނކޯއިން ބުނީ ކުރިއަށް އޮތްތާވެސް މިފަދަ ތަފާތު ޓްރެއިނިންގް ޕްރޮގްރާމްތައް ކުރިއްށް ގެންދިއުމަށް ރާވާފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން