މަތީ ޡާނަވީ ތައުލީމް ނިންމާ ކުދިންނަށް ޚާއްސަކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އިންތިޒާމްކޮށްގެން ހިންގާ 'ބިނާވެހި' ޕްރޮގްރާމް ފަށައިފިއެވެ.

އާދީއްތަ ދުވަހުގައި ފެށިގެންދިޔައީ މި ޕްރޮގްރާމްގެ ފުރަތަަމަ ބުރެވެ.

އާރްޑީސީން ބުނީ 6 މަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ތަޖުރިބާކާރުންނާއިއެކީ މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި މަސައްކަތަަށް ރަނގަޅުނަމަ، ވަޒީފާ ލިބުމުގެ ފުރުޞަތު އެބައޮތްކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. މިފަހަރުގެ ބެޗްގައި ޖުމްލަ 11 ދާއިރާއެއްގައި އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.



މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް މަހެއްގެ މައްޗަށް 5000 ރުފިޔާގެ އެލަވަންސެއް ދޭނެއެވެ.

އާރްޑީސީން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވާ ފްރެޝް ގްރެޖުއޭޓުންނަށް ކޮލެޖަށް ކިޔަވަން ދަމުން ޕްރޮގްރާމްގައި އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ތަމްރީންވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން