އެމްޓީސީސީން މ. އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މިއަދުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް މ. އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް ދޭނީ މުޅިން ހިލޭ ކަމަށެވެ. ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ދިނުމާއިއެކު ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުމެވެ. މި މުއްދަތުގައި ދަތުރު ކުރެއްވުމަށް ޖާގަ ހޯއްދެވުމަށް ގުޅުއްވާނީ އެމްޓީސީސީގެ ނަންބަރު 7955508 އަށެވެ.



އެމްޓީސީސީން ބުނީ މި ޚިދުމަތުގައި ބޭނުންކުރެވޭ ސްޕީޑް ފެރީތަކަކީ ޖުމްލަ 45 ފަސެންޖަރުންނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދުތަކެއް ކަމަށާއި މި ޚިދުމަތް ހަފުތާއަކު ތިން ދުވަހު ،

މ. އަތޮޅުގެ ހުރިހާ ރަށަކަށް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އާރްޓީއެލް ސްޕީޑް ފެރީ ޚިދުމަތުގެ ޝެޑިއުލް އެމްޓީސީސީ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ވެބްސައިޓް ބެލުމަށް ނުވަތަ ހޮޓްލައިން ނަމްބަރ 1650 އަށް ގުޅުމަށް އެމްޓީސީސީން އެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން