ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އޮނަރަބަލް ގާސިމް އިބްރާހީމަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އޮނަރަލް ގާސިމް އިބްރާހިމް ފުވައްމުލަކަށް ވަޑައިގަތީ ދެކުނަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހަވީރުގެ ވަގުތެއްގައެވެ.



ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ފުވައްމުލަކަށް ވަޑައިގަތުމުން އެ ސިޓީގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމުނަށް ނިކުމެފައެވެ.

ގާސިމް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅަށްފަހު މިރޭ އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމަވާފައެވެ.

ކެމްޕެއިން ދަތުރުފުޅުގައި ޤާސިމް އިބްރާހީމާއި އެމަނިކުފާނާއެކު ވަޑައިގަންނަވާ ޓީމުން މިހާތަނަށް، ހދ.، ށ،. ނ.، ރ.، ބ.، ޅ.، އއ،. އދ.، ގެ ގިނަ ރަށްތަކަކަށް ވަޑައިގެންފައިވެއެވެ. މީގެއިތުރުން ރަނިންމޭޓު ޑރ. އަމީން އިބްރާހީމާއި އެމަނިކުފާނާއެކު ވަޑައިގަންނަވާ ޓީމުން ވެސް ލ.، ތ.، އަދި މިނޫން ވެސް އެހެން އަތޮޅުތަކުގެ އެކިއެކި ރަށްރަށަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކޮށް ހައްދަވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން