ދުނިޔޭގެ ކުޅިވަރު މުބާރާތްތަކުގައި ރާއްޖޭގެ ނަން ފާހަގަކުރެވެެން ފެށީ މިދިޔަ 5 އަހަރުގެ ތެރޭގައިކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވެފައި މިވަނީ މަޑަގަސްކަރައިގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ބޮޑެތި ކާމިޔާބުތަކެއް ހޯދާފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖެއިން ހޯދި ކާމީޔާބީ ފާހަގަކުރައްވަމުން އަލީ ޒާހިރު ވިދާޅުވީ ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން ކުޅިވަރުގެ އެކި މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ނަމަކަށް ހެދިގެންދިޔައީ މިދިޔަ 5 އަހަރުގެ ތެރޭގައިކަމަށެވެ. އަދި ކުޅިވަރު ކުޅޭ ފަރާތްތަކުގެ އަގުވަޒަން ކުރެވި ދޭންޖެހޭ ތަމްރީން ދެވި، ތަފާތު އެކި ފުރުސަތުތައް ހޯދައި ދެވިއްޖެކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.



މަޑަގަސްކަރައިގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މާދަމާރޭ މާލޭގައި ހަވާ އެރުވުމާއެކު ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކުލަގަދަ ހަރަކާތްތަކާއެކު މާލޭގައި މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:45 ގައި ޖުމްހޫރީ މައިދާނުގައެވެ.

ޖުމްލަ 200 އަށްވުރެ ގިނަ އެތްލީޓުންނާއި އޮފިޝަލުން މި ގޭމްސްގައި ބައިވެރިވެފައިވެއެވެ. ރާއްޖޭގެ ޓީމުތަކުން އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން