ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވައުދުވެވަޑައިގެންނެވި ގޮތަށް އައްޑޫ ސިޓީގެ ބިން ހިއްކައި، ނިންމާލައިފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ "އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ" ދަށުން އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ކާމިޔާބުކަމާއެކު މިދިޔަމަހު ނިންމާލާފައިވާ ކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫ ފޭދޫގައި 76 ހެކްޓަރު އަދި ހިތަދޫގައި 80 ހެކްޓަރު ވަނީ ހިއްކާފައިކަމަށެވެ. މީގެއިތުރުން، ރިސޯޓް އައިލެންޑްގެ ގޮތުގައި ތަރައްޤީކުރާ 3 ރަށަށް 25 ހެކްޓަރުގެ ބިން (ރަށަކަށް 8.3) އަދި ހަންކެޑެގައި 4.72 ހެކްޓަރުގެ ބިން ވަނީ ހިއްކާފައިކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.



މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ހިއްކާފައިވާ ސަރަހައްދުތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ.

އަތޮޅުތަކުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ އައްޑޫ ބިން ހިއްކުމަށް ޑްރެޖިން މަސައްކަތްތައް ފެށީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުއެވެ.

މިއީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި، އަދި އެސިޓީގައި އިޤްތިޞާދީ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ރައީސް ސާލިހު ވައުދުވެވަޑައިގެންފައިވާ މަސައްކަތެކެވެ.

މި މަޝްރޫޢަށް 1.6 ބިލިއަނަށްވުރެ ގިނަ ހަރަދުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން