އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ އަމާން ބަނދަރަކަށް ރާއްޖެ ގެންގޮސްދެއްވާފައިކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން އަދި އެމަނިކުފާނުގެ އެމްއާރުއެމްއަށް ނިސްބަތްވާ ޔުމްނާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ކުރެއްވުމަށް ނިންމަވާފައެވެ.

ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އިޖުތިމާޢީ އަދި އިޤްތިސާދީ ތަރައްޤީ، ތަފާތުކުރުމެއް ނެތި، ގެނެވިދާނެކަން ރައީސް ސާލިހު ސާބިތުކޮށްދެއްވާފައިވާކަމަށެވެ.

ޔުމްނާ ވިދާޅުވީ ކޮވިޑް ޕެންޑެމިކް ފަދަ ބޮޑު ޢާލަމީ ކާރިސާއެއްގައި އެ މަނިކުފާނު ވަނީ ލީޑަރޝިޕް ދައްކަވައި އަމާން ބަނދަރަކަށް ރާއްޖެ ގެންގޮސްދެއްވާފައިކަމަށެވެ.



ރައީސް ސާލިހަށް ތާއީދުކުރެއްވުމަށް ނިންމަވާފައިވާކަން ޔުމްނާ މައުމޫން ހާމަކުރެއްވީ މިދިޔަމަހުގެ 22 ވަނަ ދުވަހުއެވެ.

ރައީސް ސާލިހަށް ތާއީދު އޮތްކަން ހާމަކުރައްވަމުން ޔުމްނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ރައީސް ސާލިހް ދެވަނަ ދައުރަކަށް އިންތިހާބުކުރުމަކީ މުހިންމު ކަމެއްކަމަށް އެކަމަނާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދޭން މި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫއުތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ރައީސް ސޯލިހަށް ތާއިދު ކުރައްވަން ނިންމެވިއިރު އެކަމަނާގެ ކޮއްކޯފުޅު ފާރިސް މައުމޫންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވައެވެ. އަދި ޔުމްނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް މީގެ ކުރިން ވަނީ ރިޔާސީ އިންތިހާބުގައި ތާއިދު ކުރަށްވަނީ ދަރިކަލުން ފާރިޝްއަށް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ފުރިހަމަ ތާއިދު ފާރިޝް އަށް އޮތްކަން ހާމަކުރަށްވާފައެވެ.

ރައީސް މައުމޫނުގެ ހަތަރު ބޭފުޅުން ރާއްޖޭގެ ފިކުރު ތަފާތު ހަތަރު ޕާޓީއެއްގައި ތިއްބެވިއިރު، އެންމެ ހަގު ދަރިކަލުން ގައްސާން މައުމޫން ފެށުނީއްސުރެ ހުންނަވަނީ ބޮޑުބޭބޭފުޅު ރައީސް ޔާމީނާއެކުގައެވެ. އެންމެ ދޮށީ، ދުންޔާ މިހާރު ހުންނެވީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް ނާޒިމުގެ ފަހަތްޕުޅުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން