އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން އެ ސިޓީގެ މެޖޯރިޓީ އޮތީ ރައީސް ސާލިހަށްކަން ސާބިތުކޮށްދީފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ކެމްޕޭނުގައި ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތީ މިއަދު ހަވީރުއެވެ.

ރައީސް ސާލިހާއި އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން ކުޅުދުއްފުށި ސިޓީގެ އެތައް ސަތޭކަ ބަޔަކު ވަނީ ރައީސް ސާލިހަށް މަރުހަބާ ދަންނަވަން ބަނދަރު ސަރަހައްދަށް ނިކުމެފައެވެ.

ރައީސް ސާލިހަށް މަރުހަބާ ދެންނެވުމަށް ނިކުންނެވި ރައްޔިތުންނާއި ސަލާމް ކުރެއްވުމަށް އެމަނިކުފާނު ވަނީ ގާތްގަނޑަކަށް ގަޑިއިރެެއްހާއިރު ހޭދަކުރައްވާފައެވެ.



ކުޅުދުއްފުށި ސިޓީން ރައީސް ސާލިހަށް މަރުހަބާ ދަންނަވަން ގިނަ އަދަދެއްގެ ބަޔަކު ނިކުމެފައި މިވަނީ، އެމަނިކުފާނަށް އެ ސިޓީން ތާއީދެއް ނުލިބޭނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނިކޮށެވެ.

ކުޅުދުއްފުށިން ރައީސް ސާލިހަށް އޮތް ތާއިދު ދައްކާލުމަށްފަހު، އެމްޑީޕީގެ ސަޕޯޓަރުން ބުނަމުންދަނީ ކުޅުދުއްފުށި ސިޓީގެ ބޮޑު ފަޅި އޮތީ ރައީސް ސާލިހާއެކުކަން ސާބިތުކޮށްދީފިކަމަށެވެ. އަދި އެ ސިޓީގެ ފުރިހަމަ މެޖޯރިޓީ އެމްޑީޕީއަށް ލިބޭނެކަމަށްވެސް އެމްޑީޕީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން