އަހުމަދު މަސްނޫމް   5 ސެޕްޓެމްބަރު 2023 - 2:54
ރައްޔިތުންގެ މަޖިލީހުގެ ހއ.އަތޮޅުގެ ކުރީގެ މެމްބަރު އަޙްމަދު ނިޒާމް (ކެލާ ނިޒާމް) ޕީޕީއެމުން ވަކިވެ އެމްޑީޕީއަށް ސޮއިކުރަށްވައިފިއެވެ.

ނިޒާމްގެ މެމްބަރޝިޕް ޕޯމާއި ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛް ފައްޔާޒު އިސްމާޢީލެވެ.

ރައްޔިތުންގެ ޚާއްޞަމަޖިލީހުގެ މެންބަރުކަންވެސް ކުރަށްވާފައިވާ ނިޒާމު އެމްޑީޕީއަށް ސޮއިކުރެއްވިއިރު، ނިޒާމާއެކު ކެލާގެ ޚިދުމަތްތެރި މަޤްބޫލު ރައްޔިތެއްކަމުގައިވާ ކާނިގަސްދޮށުގޭ ޢަބްދުލްޙަންނާނު ޢަބްދުލްޤައްޔޫމާއި އޭނާގެ އަންހެނުން ޚަދީޖާ ޙަސަންމަނިކުގެ އިތުރުން ތިލަދުންމަތީގެ ބައެއް ޒުވާނުން އެމްޑީޕީއަށް ސޮއިކޮށްފައިވެއެވެ.

ކެލާ ނިޒާމަކީ ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމްގެ ބޭބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން