ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން ރާނިޔާ ހަމީދު އޭނާގެ ފިރިކަލުން ގާސިމް އިބްރާހީމަށް ކެމްޕެއިން ކުރައްވަން މިއަދު އދ. ދަނގެއްޗަށް ވަޑައިގެންފިއެވެ.

ރާނިޔާ ދަނގެއްޗަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް މަރުހަބާ ކިޔުމަށް ނުކުމެފައެވެ. އަދި އެރަށުގެ ގިނަ ބަޔަކު ވަނީ އޭނާއާއިއެކީ ފޮޓޯވެސް ނަގާފައެވެ.

ރާނިޔާ ދަނގެތީގައި ކެމްޕެއިން ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ގާސިމް މިވަގުތު ގެންދަވަނީ ހުވަދު އަތޮޅުގައި ކެމްޕެއިން ކުރައްވަމުންނެވެ.

ކެމްޕެއިން ދަތުރުފުޅުގައި ޤާސިމް އިބްރާހީމާއި އެމަނިކުފާނާއެކު ވަޑައިގަންނަވާ ޓީމުން މިހާތަނަށް ވަނީ ހދ.، ށ،. ނ.، ރ.، ބ.، ޅ.، އއ،. އދ.، ފުވައްމުލަކު އަދި އައްޑޫ ސިޓީގެ ގިނަ ރަށްތަކަކަށް ވަޑައިގެންފަވެއެވެ. މީގެއިތުރުން ރަނިންމޭޓު ޑރ. އަމީން އިބްރާހީމާއި އެމަނިކުފާނާއެކު ދަތުރުކުރަށްވާ ޓީމުން ވެސް ވަނީ ލ، ތ، އަދި މިނޫން ވެސް އެހެން އަތޮޅުތަކުގެ އެކިއެކި ރަށްރަށަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ލައިލާ

06-Sep-2023

ތިޔައީ ދަނގެތީ ކުއްޖަކީ ނޫންބާ



ޓްރެންޑިން