ރިޔާސީ އިންތިހާބުން އެމްޑީޕީއަށް 130،000 ވޯޓު ލިބޭނެކަން ކަށަވަރުކުރެވިފައިވާ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕެއިނަށް ރ. އަނގޮޅިތީމަށް ވަޑައިގެން އެރަށުގައި މިއަދު މެންދުރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ކޯލިޝަނަކީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ ހިމެނޭ ކޯލިޝަން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ސާލިޙު ވިދާޅުވީ ރިޔާސީ އިންތިހާބަށް މިއޮތް ދުވަސްކޮޅުގެ ތެރޭގައި ވާދަވެެރި ކެންޑިޑޭޓަކަށް އެމަނިކުފާނާއި އަރައި ހަމަނުކުރެވޭނެ ކަމަށެވެ.

"ވޯޓުލާ މީހުންގެ 90 ޕަސެންޓް މީހުން ވޯޓުލާނެ ކަމަށް ބެލިޔަސް، އަޅުނޑުމެން މިއަދު ވެސް މި ތިބީ 130،000 ވޯޓު ކަށަވަރުކޮށްގެން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެމްޑީޕީ ކޯލިޝަނާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ ގުޅުމުން ރާއްޖޭގެ މެޖޯރިޓީ މިހާރު އޮތީ އެމަނިކުފާނުގެ ސަރުކާރާއި އެކުގައި ކަމަށެވެ.

ރިޔާސީ އިންތިހާބުގައި 130000 ވޯޓް ހޯއްދަވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވެފައިވާއިރު ގުޅިފައިވާ ޕާޓީތަކުގެ ފުރިހަމަ ތާއިދާއެކު 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބުކުރަށްވާފައިވަނީ 130000 އަށް ވުރެ ގިނަ ވޯޓް ހޯއްދަވައިގެންނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން