ތިލަދުންމަތީ ރަށްރަށުގެ ކައުންސިލުތަކުގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި ސަރަހައްދުގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސް ހަމަޖައްސުމަށް ސަރަހައްދީ ތަރައްގީގެ ބޭންކެއް ގާއިމް ކުރާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީން ބުނެފިއެވެ.

ޑިމޮކްރެޓިކް ޕާޓިގެ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ ގޮތުން މި ބޭންކު ގާއިމް ކުރާނީ ކުޅުދުއްފުށީގަ އެވެ. މީގެ އިތުރުން ހަނިމާދޫ އެއަރޕޯޓާއި ދިއްދު އާއި ކުޅުދުއްފުށި ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައި އެ ތިން ރަށުގައި ލޮޖިސްޓިކް ސެންޓަރުތަކެއް ގާއިމް ކުރުމަށް ވެސް ވަނީ މެނިފެސްޓޯގައި ހިމަނާފައެވެ.

ޑިމޮކްރެޓިކް މެނިފެސްޓޯގައި ހިމަނާފައިވާ ގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީދާ ރާއްޖޭން ބޭރުގެ މާކެޓްތަކަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމާއި އެއަރފްރައިޓްކޮށް ހަނިމާދޫއަށް ގެނެވޭ މުދާ ދިއްދު އާއި ކުޅުފުއްފުށީގައި ގާއިމްކޮށްފައިވާ ލޮޖިސްޓިކް ސެންޓަރުތަކަށް ފޮނުވޭނެ ރަނގަޅު އިންތިޒާމް ހަމަޖެއްސުމުގެ ޕްލޭންވެސް ހިމަނާފައިވެއެވެ.

އެޕާޓީގެ މެނިފެސްޓޯގައި ކުޅުދުއްފުށީގެ ބަނދަރަށް ގެންނަ ހުރިހާ މުދަލަކުން ޑިއުޓީ ކަނޑާލުމަށް ނިންމާފައިވާއިރު، ރީ އެކްސްޕޯޓް ކުރުމުގެ މަސައްކަތްތައް ކުރުމަށް ނޮޅިވަރަމުގައި ފްރީ ޓްރޭޑް ޒޯނެއް ގާއިމް ކުރާނެއެވެ.

ސެޕްޓެމްބަރ 9 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެންޑޯޒްކުރި އެ ޕާޓީގެ މެންބަރު އިލްޔާސް ލަބީބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން