ގދ. ތިނަދޫއިން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް އިބްރާހިމް ތިނަދުއަށް ވަޑައިގެންނެވީ މިއަދު ހަވީރުއެވެ.

ގާސިމް ތިނަދުއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ގައުމީ ބަތަލަކަށް ދަންނަވާފަދަ މަރުހަބާއެއް އެމަނިކުފާނަށް ދަންނަވާފައެވެ. އެގޮތުން އެތައް ސަތޭކަ ބަޔަކު ވަނީ ގާސިމަށް މަރުހަބާ ދަންނަވަން މަގުތަކަށް ނިކުމެފައެވެ.



ގާސިމަށް މަރުހަބާ ދެންނެވުމަށް ތިނަދޫއިން ނިކުތް މީހުންނާއި ސަލާމް ކުރެއްވުމުގައި އެމަނިކުފާނު ވަނީ ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައެވެ.

ތިނަދޫ މީހުން ބުނާގޮތުން ތިނަދޫއިން ޖުމްހޫރީ ޕާޓީގެ ލީޑަރަށް ދެންނެވި ބޮޑު ޕާޓީއެއްގެ ލީޑަރަކަށް ވެސް ނުދަންނަވާފަދަ މަރުހަބާއެއްކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަކީ ކުޑަ ޕާޓީއެއް ނޫންކަންވެސް މިއަދު ހަމަވެފައިވާކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން