އެމަނިކުފާނު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މާލޭގެ ކޮންޓްރޯލް އޮތީ މުޅިން އެހެން ބަޔެއްގެ އަތްމަތީގައި ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީރިޔާސީ ކެމްޕޭނަށް ކުރަށްވާ ދަތުރުފުޅުގައި ރ. ވާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މާލޭގެ ސުލްހަވެރިކަން އޮތީ ގެއްލިފައި ކަމަށާއި، މަގުތަކުގެ ކޮންޓްރޯލް އޮތީ މުޅިން އެހެން ބައެއްގެ އަތްމަތީގައި ކަމަށެވެ.

އެގޮތުން މުޅި މާލޭގެ ކޮންޓްރޯލް އޮތީ ވައްކަން ކުރާ މީހުންނާއި ކުށްވެރިންގެ އަތްމަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަން ހައްލު ކޮށް މަގުތަކުގެ އަމާންކަމާއި ސުލްހަ މަސަަލަސްކަން ބެލެހެއްޓުމަށް ފުލުހުންނާއި ސިފައިންގެ ޓީމެއް ހަދައިގެން މަގުތަކަށް ނެރެން ޖެހުނު ކަމަށެވެ. އަދި އެމަަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި އެކަމުގެ ސަބަބުން މަގުތަކުގައި އަމާންކަން ގާއިމް ކުރެވުނު ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ރާއްޖޭގެ އެއްވެސް މީހަކު އެއްވެސް ރައްޔިތަކު އެނބުރި އެ ބިރުވެރިކަމުގެ ތެރެއަށް ދާކަށެއް ދެނެެއް ނޭދޭނެ، އަޅުގަނޑަށް އެމަންޒަރު އަޅުގަނޑު ދަތުރުކުރި 150 އަށްވުރެ ގިނަ ރަށުން އެބަ ފެނޭ، ރައްޔިތުން ތިބީ ތަރައްގީގެ މި މަސައްކަތްތަކާއެކު ކުރިއަށް ދާން އަތުކުރި އޮޅާލައިގެން." ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދޫގެ ރައްޔިތުން އެމަނިކުފާނަަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަަށް ދެއްވާ ވޯޓަކީ ގެއްްލިގެންދާނެ އެެއްޗެއް ނޫން ކަމަށާއި ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވައިދެއްވާނެ ކަމަށެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވާދޫއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ރައީސް ވިދާޅުވީ ރިޔާސީ އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ ވާދޫގެ ބިން ހިއްކައި ތާރު އަޅައިގެން މަގުތައް ހަދައިދެއްވާނެ ކަމަށެވެެ. ރައީސް ވިދާޅުވީ ވާދޫގެ ބިން ހިއްކާއިރު ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އަދި ވާދޫގައި ކޮމިއުނިޓީ ސެންޓަރަކާއި ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ލިބޭ ތަނަކަށް ބަދަލުކޮށް އޭޓީއެމްގެ ހިދުމަތް ލިބޭނެ ގޮތް ހެދުމުގެ އިތުރުން ވާދޫގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން