ސިޔާސީ ގޮތުން ހިޔާލުތަފާތުވި ނަމަވެސް އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިލްތިމާސް ކުރަށްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރ. އަލިފުއްޓަށް ވަޑައިގެން އެރަށުގައި މިރޭ އިރާކޮޅު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވަނީ ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ ރާއްޖެއަށް "ބޮޑު ހެޔޮ ބަދަލެއް" ގެނައުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ސިޔާސީ ހިޔާލު ތަފާތުވިޔަސް ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތުގައި މިފަހަރު ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެން އަޅުގަނޑަށް ވޯޓު ދެއްވަން،" ރައީސް ސާލިޙު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން