ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަން މިއަދު ފަށައިފިއެވެ.

މާލެ ސަަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަމަހުގެ 27 ވަނަ ދުވަހުއެވެ.

ފުރަތަަމަ ގޯތިތައް ދީފައިވަނީ ހުޅުމާލެއިންނެވެ. އަދި މިއަދު ވަނީ ގުޅީފަޅުން ގޯތިތައް ދޫކުރަން ފަށާފައެވެ.



އެގޮތުން މިއަދު ގުޅީފަޅުން ގޯތިތައް ލިބުނު މީޙުންގެ ގޯތިތައް ވަކިކޮށް، ބައެއް ބޭފުޅުންނަށް ގޯތީގެ ރަޖިސްޓްރީވެސް ވަނީ ހަވާލުކޮށްފައެވެ.



ސަރުކާރުން ބުނެފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހުގެ ކުރިން އިން ވަކިކޮށް، ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން 5000 ގޯތި، ގުޅިފަޅުން 2200 އަށްވުރެ ގިނަ ގޯތި އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން 1300 އަށްވުރެ ގިނަ ގޯތި ދިނުމަށް ނިންމާފައިވެއެވެ.

މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވި 19639 މީހުންނަށް ގޯތި ލިބުނެވެ. އޭގެތެރޭގައި އެކަަކަށްވުރެ ގިނަ މީހުން ހިމެނޭ ގޮތަށް ދޫކޮށްފައިވާ ގޯތިތައް ހިމެނޭއިރު، އެއީ 9000އަށްވުރެ ގިނަ ބިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން