ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެކު ފެނިގެންދާނީ ރާއްޖެއަށް ފެންނާނެ އެންމެ ދީލަތި 5 އަހަރުކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ.ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖުމްހޫރީ ޕާޓީން ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަމީން ވިދާޅުވީ ޤާސިމް އިބްރާހީމަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، އެމަނިކުފާނުގެ އެ ދައުރު ވެގެންދާނީ ރައްޔިތުންނަށް އެންމެ ނަފާކުރާ ފަސް އަހަރަށްކަމަށެވެ.

އަމީން ވިދާޅުވީ ރައްޔިތުންނަށް އެންމެ ފައިދާހުރި ފަސް އަހަރަށް ގާސިމްގެ ރިޔާސީ ދައުރު ވެގެންދާނެކަމަށެވެ.

އަމީން ވިދާޅުވީ ގާސިމްގެ ވެރިކަމުގައި އިގްތިޞާދީ ގޮތުންވެސް ކުރިއަރައިގެންދާނެކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގައި އެންމެ ގިނަ ވިޔަފާރި އުފެދޭނެ ފަސް އަހަރަށް ގާސިމްގެ ވެރިކަން ވެގެންދާނެކަމަށްވެސް އަމީން ވިދާޅުވިއެވެ.

"ޤާސިމް އިބްރާހީމަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، އެމަނިކުފާނުގެ ފަސް އަހަރު ވެގެންދާނީ އެންމެ ދީލަތި ފަސް އަހަރަށް" އަމީން ވިދާޅުވިއެވެ.

އިގްތިސާދީ ގޮތުން އަންނާނެ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން އަމީން ވިދާޅުވީ ގާސިމްގެ ވެރިކަމެއް ވެގެންދާނީ ދިވެހިރާއްޖޭގައި އެންމެ ގިނަ މުއްސަނދިން ތާރަފްކުރެވޭނެ ފަސް އަހަރަށްކަމަށެވެ.

އިގްތިސާދީ ކަންކަމުގެ އިތުުރުން އާއްމު ރައްޔިތުންނަށް އެންމެ ފަސޭހައިން ސިއްހީ ފަރުވާ ލިބޭނެ ފަސް އަހަރުވެސް ފެނިގެންދާނީ ގާސިމްގެ ވެރިކަމެއްގައިކަމަށްވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ދިވެހިންނަށް އެންމެ ރަނގަޅު ތައުލީމް ލިބޭނެ ފަސް އަހަރަށްވުމުގެ އިތުރުން، ގާސިމްގެ ވެރިކަމަކީ ދިވެހިންނަށް ހާސްކަމެއް ނެތް ދިރިއުޅުމެއްވެސް ލިބޭނެ ފަސް އަހަރަށް ވެގެންދަނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން