ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމް ނޫނީ ގައުމަށް އަމާނާތްތެރިވާނެ ބޭފުޅެއް ނެތްކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޑރ. ވަހީދު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް ގދ.ތިނަދޫގައި ބުދަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖުމްހޫރީ ޕާޓީީއަށް ބޮޑު ތާޢީދެއް އޮތް ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަނީ ވަރަށް މަތިވެރި ޒިންމާއެއް އަދާކުރައްވަންކަމަށެވެ.

ވަހީދު ވިދާޅުވީ ރައީސްކަމަށް އިންތިހާބުކުރާ ބޭފުޅަކީ ރައްޔިތުންެގެ މާލިއްޔަތު ބަލަހައްޓަައިދޭން އަދި ހަރުމުދާގެ ޒިންމާ ނަގާނެ ބޭފުޅެއްކަމަށެވެ. އެހެންކަމުން ވެރިކަމަށް މީހަކު އިންތިހާބުކުރާއިރު ވަރަށް ވިސްނަންޖެހޭކަމަށް ވަހީދު ވިދާޅުވިއެވެ.

"އެސެޓްތައް ބައްލަވއިދޭން، މިކުރިޔަށް އޮތް ފަސް އަހަރަށް ތިބޭފުޅުން އިސްކުރާ މީހަކީ އެއީ އަމާނާތްތެރިއަކަށް ވޭތޯ ބައްލަވާ" ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ކޮންމެ ޕާޓީއެެއްގައި ތިއްބެވިޔަސް މިފަހަރުގެ 8 ކެންޑިޑޭޓުންގެ ތެރެއިން އަމާނާތްތެރިކަމާއި އަދުލުވެރިކަމާއެކު ވެރިކަންކޮށްދެއްވާނީ ކޮން ބޭފުޅަކުތޯ ބަލަންޖެހޭކަމަށެވެ.

ޑރ. ވަހީދު ވިދާޅުވީ ރައީސްކަމަށް އަންނަ ބޭފުޅަކީ ވިދާޅުވާ ކަންކަން ކުރެވޭނެ ފަދަ ބޭފުޅަކަށް ވާންޖެހޭކަމަށެވެ. އަދި އެކަމުގެ ތަޖުރިބާހުރި ބޭފުޅަކަށްވެސް ވާންޖެހޭކަމަށް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ މިހުރިހާ ކަންކަމަށް ބެލުމަށްފަހުގައި ކަންކަން ކުރެވޭ ބޭފުޅަކަށް ހުރީ އޮނަރަބަލް ގާސިމް އިބްރާހީމް އެކަނިކަމަށާއި، އެހެންކަމުން ހުރިހާ ބޭފުޅުންވެސް ގާސިމަށް ވޯޓް ދެއްވަންޖެހޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން