މާލެއަތޮޅުން ފެށިގެން ފ. އަތޮޅާހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 7:30އިން ފެށިގެން 11:30އާ ހަމަށް މާލެއަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ހިމެނޭ ސަރަޙައްދަށް ވަރަށްބޮޑަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން މިސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. މީހެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، މިސަރަޙައްދުގެ ކަނޑުތައްވެސް ވަރަށް ގަދަވާނެކަމަށްލަފާކުރެއެވެ.



މީގެ އިތުރުން މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށްވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެއެވެ. އަދި ގުގުރުމާއެކު ވާރޭވެހުމަކީ އެކަށީގެން ވާ ކަަމެއްކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. ޢާންމުގޮތެއްގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ޢާންމު ގޮތެއްގައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެއެވެ.

ރާއްޖޭގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން