އެކްސް ނުވަތަ ޓްވިޓާގައި "ހަސަން ކުރުސީ" ގެ ނަމުގައި އޮޕަރޭޓް ކުރަމުން އައި އެކައުންޓް ސަސްޕެންޑްކޮށްފިއެވެ.

"ހަސަން ކުރުސީ" އެކައުންޓަކީ މީސްމީހުންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ އެތައް ވާހަކައެއް ދައްކައި، މީހުންގެ އަބުރު ކަތިލަން ހިންގާ ޓުވީޓާއެކައުންޓެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް ގިނަ ބަޔަކު ފޮލޯ ކުރަމުން ގެންދާ މި އެކައުންޓްގައި ސިޔާސީ މަޝްރަހުގައި ހިނގާ ނޭއްގާނީ ގިނަ ކަންތައްތަކުގެ ހަގީގަތް ހާމަ ކުރަމުން ދާކަމަށްވެސް ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން ސަރުކާރާ ސިޔާސީ އިސްފަރާތްތަކުގެ ފަތިފުށް މި އެކައުންޓުން އެކި ގޮތްގޮތަށް ހާމަކުރަމުން ގެންދާތީއާއި އޭގެ ތެރޭގައި އިތުބާރު ނުހިފޭ ބައެއް ވާހަކަތައް ހުންނަ ކަމަށް ބުނެ މި އެކައުންޓް ބަންދު ކުރުމަށް ވެސް ބައެއް ފަރާތްތަކުން އައީ ގޮވާލަމުންނެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި "ހަސަން ކުރުސީ" އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ ޓުވީޓާ އެކައުންޓެކެެވެ. އެހެން ނަމަވެސް "ހަސަން ކުރުސީ" އަކީ އެމަނިކުފާނު ހިންގަވާ އެކައުންޓެއް ކަމަށް ދައްކާ ވާހަކަ އެމަނިކުފާނު ވަނީ މީގެ ކުރިން ދޮގުކުރައްވާފައެވެ.

އެގޮތުން ހަސަން ކުރުސީ"ގެ އެކައުންޓްގެ ފަހަތުގައިވާ މީހަކު ނުވަތަ ބަޔަކު ހޯދުމަށް ނަޝީދު ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެން މައްސައެއް ވެސް ހުށައަޅާފައެވެ. މިކަމާގުޅިގެން މިމައްސަ ތަހުގީކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ އެދުމަކަށް އަމުރެއްވެސް ނެރެދީފައި ވެއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނީ "ކުރުސީ" އެކައުންޓް ހިންގަނީ ކާކުތޯ ބަލަމުން ދަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ އިދާރާއަށް ހުށައަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން