ދީނީ އިލްމުވެެރިންގެ ޖަމިއްޔާގެ ގިނަ އިލްމުވެރިން ތާއީދުކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހަށް ކަމުގައި އެ ޖަމިއްޔާގެ އިސްވެރިން ވިދާޅުވެއްޖެއެވެ.

ދީނީ އިލްމުވެެރިންގެ ޖަމިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝައިހު އިލްޔާސް ޙުސައިން ވިދާޅުވީ މާޒީގައި ހިނގައިފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ރައީސް ޞާލިޙަށް ތާއީދުކުރައްވަން ދިވެހި އިލްމުވެރިންގެ ބޮޑު ބަޔެއް އިއްތިފާގުވާ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ކެތްތެރިކަން ރައީސް ޞާލިޙުގެ ކިބައިގައި އެބަ ހުރި ކަމަށެވެ.

"މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ގޮތަށް، ރުޅި އިސް ނުކުރައްވާ، ރުންކުރު ނިންމުންތައް ނިންމަވާފައި ނުވާ ކަން ފާހަގަކޮށްލެވޭ. މީހުން ހިފާ ހައްޔަރުކޮށްފައި ނުވާ ކަމާއި ތަފާތު ޚިޔާލުތަކަށް ފުރުޞަތު ދިނުމަކީ ކޯލިޝަން ދެމެހެއްޓުމުގެ ހެއްކެއް." އިލްޔާސް ވިދާޅުވިއެވެ.

މި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ ދީނީ ޕްރޮގްރާމްތައް އެންމެ ގިނައިން ހިންގިފައިވަނީ ރަޢީސް ޞާލިޙުގެ ވެރިކަމުގައި ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ދީނީ އިލްމުވެރިންނަށް ވާހަކަދެއްކެމުގެ ފުރިހަމަ މިނިވަންކަމާއި ލުއިފަސޭހަތައް ލިބިފައިވާ ކަމަށެވެ،

"ރައީސްގެ އަމަލުފުޅުތައް ބެހެއްޓެވީ އިލްމުވެރިންގެ މަޝްވަރާއާއި ލަފާގެ މަތިން." އަދާލަތު ޕާޓީއަށް ނިސްބަތްވާ ޑރ. ޒާހިރު ވިދާޅުވިއެވެ.

މި ނޫސްކޮނަފަރެންގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ޑރ، އިޔާޒު ވިދާޅުވީ މޫނުބުރުގާ އަޅާ ޓީޗަރުންގެ މަސްލަހަތުތައް ވެސް އެމަނިކުފާނު ހައްލުކުރެއްވި ކަމަށެވެ. އަދި އިދިކޮޅު ފާޑުކިޔުންތެރިންނާއިވެސް ރައީސް ވާހަކަދައްކަވާ ސުވާލުތަކަށް ޖަވާބުދެއްވާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.



މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައި މިވަނީ ރާއްޖޭގެ ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ތަމްސީލު ކުރަށްވާ ޢިލްމުވެރިންގެ ގުޅުމުގެ ވައިބަރ ގްރޫޕްގައި ނެގި ޚިޔާލުހޯދުމުގެ ވޯޓު ބޮޑު އަޣުލަބިއްޔަތަކުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރައްވާފައިވާ ކަމަށް އެޖަމިއްޔާއިން ބުނެފައި ވިނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން