ރިޔާސީ އިންތިޚާބަށްފަހު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހީމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީއެއް ނެރުއްވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެއެވެ.

މިއަދު ލ. ގަމުގައި ބޭޢްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާގެ ހަޔާތްޕުޅުގެ އެކި އެކި ފަސާނާތަކުގެ ވާހަކަ ދައްކަންޏާ ވަރަށް ގިނަ ވާހަކަތަކަށް ވަގުތު ހުސްވެގެން ދާނެ ކަމަށެވެ. ގާސިމް ވިދާޅުވީ އޭނާގެ ހަޔާތުގެ ގާތްގަނޑަކަށް 60 އިންސައްތަ ވާހަކަތައް އެ ފޮތުގައި ހިމަނުއްވާނެ ކަމަށެވެ.

"ހަމަ ގައިމުވެސް ފޫހިވެގެން އުޅޭކަށް ނުޖެހޭނެ. ވާހަކައަކަށްފަހު ވާހަކައެއް އަދި އެއަށްވުރެ އަޑުއަހާ ހިތްވާ ކަހަލަ ވާހަކައެއް. އަދި އެއްދުވަހަކު އަޅުގަނޑު އަންނާނަން މި ވާހަކަތައް، މި ފަސާނާ އަޑުއިއްވާލަން. ހަމަ އެއާއިއެކު، އަޅުގަނޑުގެ ހަޔާތުގެ ބަޔޮގްރަފީއެއް ނިކުންނާނެ، މާ ލަހެއް ނުވެ، އިރާދަކުރެއްވިއްޔާ އިންތިޚާބަށް ފަހު." ގާސިމް ވިދާޅުވިއެވެ.

ގާސިމް މިވަހަކަތައް ދެއްކެވީ އެމަނިކުފާނަށް "ސޭޓު" ކިއުނު ގޮތް ރައްޔިތުންނަށް ސަފުކޮށްދެއްވަމުންވެ.

"އަންނި (ކުރީގެ ރައީސް ނަޝީދު) އަޅުގަނޑަށް ސޭޓު ކިޔައިގެން ނަން ހަރުލައްވައިގެން އުޅުނީ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނަށް ނިސްބަތްކޮށް ވިދާޅުވާން ފެއްޓެވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށެވެ. އެކަމަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނަކީ މިއިން ޒަމާނެއްގައިވެސް ސޭޓެއްގެ މަގާމުގައި ހުރި ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަކީ މިހާރު ފިހާރައެއްގެ ކައުންޓަރުގައި މަސައްކަތްކުރައްވާ ބޭފުޅެއް ނޫން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ހާއުފާ

13-Sep-2023

އަދިމިއުޅެނީ ރިޔާސީ އިންތިޚާބު ނުބޭއްވިގެން.



ޓްރެންޑިން