މިއަދު މާލޭ މާފަންނު ހައުސް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ދެ ފިރިހެނުން ހައްޔަރުކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ޝީ ބިލްޑިންގ ޢިމާރާތުގެ ކައިރީގައި ހުންނަ މާފަންނު ހައުސް ޕްލާޒާގައި މިއަދު ހެނދުނު އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާ ކަމަށެވެ.

އެގޭގައި އެއްވެސް މީހަކު ދިރިނޫޅޭ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފައިވެއެވެ.

އަދި ރޯވެފައިވަނީ ގުދަނެއްގޮތަށް ހުރި ތަނެއްގައި ހުރި ކުނިތަކެއްގައި ކަމަށާއި، އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މިހާރު ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން