ޑިޕްލޮމާ ލެވެލްގެ މުދައްރިސުން ބެޗްލާ ޑިގްރީ ފުރިހަމަކުރުމުން 2 އަހަރު މަޑުކުރުމަކާ ނުލާ ޕަބްލިކް ސާވިސް ރޭންކް 7 އަށް ބަދަލު ވާ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

ޑރ. އާޢިޝަތު ޢަލީ ކުރެއްވި ޓްވީޓެއްގައި އެކަމަނާ ވަނީ ސިވިލް ސާވިސް ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓްރީއަށް އެކަމާ ގުޅޭގޮތުބް ފޮނުވި ސިޓީއެއް ހިއްސާ ކުރަށްވާފައެވެ. މިއާއެކު ޑިޕްލޮމާ ލެވެލްގެ މުދައްރިސުން ބެޗްލާ ޑިގްރީ ފުރިހަމަކުރުމުން 2 އަހަރު މަޑުކުރުމަކާ ނުލާ ޕަބްލިކް ސާވިސް ރޭންކް 7 އަށް ބަދަލު ވާ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައިފިކަން މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ. އެހެންކަމުން އެކަމަނާ ވަނީ ހުރިހާ މުދައްރިސުން ވެސް ޑިގްރީ ފެންވަރު ހާސިލުކުރުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.



"ޑިޕްލޮމާ ލެވެލްގެ މުދައްރިސުން ބެޗްލަރ ޑިގްރީ ފުރިހަމަ ކުރުމުން، 2 އަހަރު މަޑުކުރުމަކާ ނުލާ ޕަބްލިކް ސަރވިސް ރޭންކު 7 އަށް ދެން ބަދަލު ވާނެ. އަޅުގަނޑުމެން އެދެނީ ހުރިހާ މުދައްރިސުންނަކީ ދަށްވެގެން ބެޗްލަރސް ޑިގްރީ ފުރިހަމަކޮށްފައިވާ މުދައްރިސަކަށްވުން." ޑރ. އާޢިޝަތު އަލީ ކުރެއްވި ޓްވީޓްގައި ވެއެވެ.

މިކަން ހާމަކޮށް ސިވިލް ސާވިސް ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި ސިޓީގައިވާ ގޮތުން މި އިސްލާހު ގެނައުމުގެ މަގްޞަދަކީ ކިޔަވައިދޭ މުދައްރިސުންނަކީ ތައުލީމީގޮތުން އެންމެ ދަށްވެގެން ޑިގްރީ ފެންވަރަށް ތަައުލީމު ޙާސިލުކޮށްފައިވާ ފަރާތްތަކަށް ހެދުމެވެ. އެގޮތުން، ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ޑިޕްލޮމާ ލެވެލް ގެ ޓީޗަރުންގެ މަޤާމްތައް ސްކޫލު ސްޓާފް ރިކުއަމެންޓްގައި ހިމެނުމުގައާއި އަދި އެފަދަ ޓީޗަރުން ޑިގްރީ ހާސިލު ކުރުމުން ބެޗްލާސް ޑިގްރީ ލެވެލް ގެ މަޤާމަށް ހަމަޖެެއްސުމުގެ ގޮތުން ކޮމިޝަނުން ގެންގުޅޭ މިންގަނޑަށް ބަދަލުގެނެސްފައިވާ ކަމަށް އެސިޓީގައި ހާމަކޮށްފައި ވެއެވެ.

އެހެންކަމުން، މި ހިނގަމުންދާ ސެޕްޓެމްބަރ މަހުގެ ތެރޭގައި އިންޓާނަލީ އިއުލާންކޮށްގެން ޓީޗަރުންގެ މަޤާމްތައް އުފެއްދުމުގެ މަސައްކަތް ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން