20 ރަށުގައި އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އަޒްރޯވާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ހެވާގޭ މަހެންދުރަ މަދުސަނަކް ކަރުނަރަތަނޭއެވެ.

މިމަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އުތުރުގެ 20 ރަށް ހިމެނޭނެހެން ތިން ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން ޒޯން 1 ގައި ހިމެނެނީ ހއ. މާރަންދޫ، ހއ.އުލިގަމު، ހއ. މޮޅަދޫ، ހއ. ތަކަންދޫ، ހއ.މުރައިދޫ އަދި ހއ. ދިއްދޫ އެވެ. ޒޯން 2 ގައި ހިމެނެނީ ހދ.ނޮޅިވަރަން، ހދ.ކުމުންދޫ، ހދ.ވައިކަރަދޫ، ހދ. މަކުނުދޫ، ހދ.ފިނޭ، ހދ.ހިރިމަރަދޫ، ހދ. ކުރިނބީ، ހދ. ނޭކުރެންދޫ އެވެ. މިމަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާ ށ. ބިލެއްފަހި، ށ.ފީވައް، ށ.ފޭދޫ، ށ.ކަނޑިތީމު، ށ.ޅައިމަގު، ށ.ނޫމަރާ ހިމެނެނީ ޒޯން ތިނެއްގައެވެ.



މިމަޝްރޫޢުގެ ކޮންމެ ޒޯނެއްގެވެސް މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 8 މަސް ދުވަސްތެރޭގައެވެ.

ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފައިވާގޮތުން މި މަޝްރޫޢަކީ އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، އޮފިޑް ލޯން އެހީގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ. މި މަޝްރޫޢަށް ޖުމްލަ 109 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން