ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގަންނެވިއިރު، އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެއްވެ ތިބި މީހުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގަންނެވިއިރު، އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެއްވެ ތިބި މީހުން.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު މިރޭ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ޖޯޝާ ފޯރިއާއެކު އެމަނިކުފާނަށް އެއްބުރުން އިންތިހާބު ކާމިޔާބު ކޮށްދިނުމުގެ ރޫހުގައި ތިބި މަންޒަރެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ސަރަހައްދަށް މަރުހަބާ ދަންނަވަން ނުކުމެ ތިބި މީހުންނާ ރައީސް ސަލާން ކުރަށްވަމުން ގެންދެވި އިރު މެދުކެނޑުމެއްނެތި އިވެމުން ދިޔައީ "އެއްބުރުން، އެއްބުރުން" ގޮވަމުންދާ އަޑެވެ.



ރައީސަށް މަރުހަބާ ދެންނެވުމަށް އެއްވެފައި ތިބި ގިނަބަޔަކު ދަނީ ރައީސަށް ތާއިދުކުރާކަން ބަޔާންކޮށް ޝުޢޫރު ފާޅުކުރަމުންނެވެ. އަދި ރައީސް ސާލިހު އަދިވެސް ދަނީ އެ މަނިކުފާނަށް މަރުހަބާ ދަންނަވަން އެއްވެފައި ތިބި މީހުންނާއި ސަލާން ކުރައްވައި ޝުކުރު އަދާކުރައްވަމުންނެވެ.

ރައީސް އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން، އުފާވެރި އަމާން ރާއްޖެ، ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން