ޖުމްޙޫރީ ޕާަޓީގެ ރިޔާސި ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ގާސިމްގެ ކެމްޕެއިން ދަތުރުފުޅު ފެއްޓެވީ އދ. މާމިނގިލިންނެވެ. އެމަނިކުފާނުގެ ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވާފައި ވަނީ ރޭ ހއ. އިހަވަންދޫއިންނެވެ.

މި ކެމްޕެއިންގައި ގާސިމް ވަނީ ރާއްޖޭގެ 13 އަތޮޅުތަކަށް ދަތުރުކުރައްވާފައެވެ.

އެހެން ނަމަވެސް، ވަގުތު ކުޑަތަންވުމުގެ ސަބަބުން ހުރިހާ ރަށްރަށަށް ދަތުރުފުޅު ނުކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގާސިމްގެ ރަނިންގ މޭޓް ޑރ. އަމީން އިބްރާހީމްވެސް ވަނީ ވަރަށް ގިނަ އަތޮޅުތަކަށް ދަތުރުކުރައްވާފައެވެ. އެގޮތުން، ދެ ބޭފުޅުން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްހެން ކަވަރ ކުރައްވާފައެވެ. ޑރ. އަމީން ވަނީ ގާސިމަށް ދަތުރުނުކުރެވުނު އަތޮޅުތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވާފައެވެ.

ސްޕެޝަލް އެޑްވައިޒަރ މުހައްމަދު ނިހާން ވިދާޅުވީ، ކެމްޕެއިން ނިންމަވާލެއްވީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއެކު ކަމަށެވެ. އަދި ކާމިޔާބީގެ އުންމީދު ވަރަށް ބޮޑު ކަމުގައިވެސް ނިހާން ވިދާޅުވިއެވެ.

ޖުމްލަ އަށް ރިޔާސީ ކެންޑިޑޭޓުންނާއިއެކު މިފަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނީ 9 ސެޕްޓެމްބަރގައެވެ. މިފަހަރު ެިޔާސީ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ރިޔާސީ އިންތިޚާބެވެ. އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ޙާލަތެއްގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން