އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޚިޔާނާތުގެ މައްސަލައެއްގައި ޖަލަށް ނުލާނެކަމުގެ ޔަގީންކަން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ދެއްވައިފިއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ ރައީސް ޞާލިޙަކީ ވައްކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެހެން ބޭފުޅުން ގޮތަށް މަގްބޫލުކަން ހޯދުމުގެ ނިޔަތުގައި ދެއްކުންތެރިވާނެ ބޭފުޅެއް ނޫން ކަމަށްވެސް މެޑަމް ފަޒްނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ހަމަ ވަރަށް ޔަގީން އިނގޭތޯ، ހިޔާނާތްތެރިވެގެން އިބޫ ޖަލަށް ނުލާނެކަން. ކީކޭތޯ ދަންނަވާނީ، އަޅުގަނޑަށް މަރު ޔަގީންވާހާ ޔަގީން އިބޫ ވައްކަމެއް ނުކުރައްވާނެކަން،" މެޑަމް ފަޒުނާ ވިދާޅުވިއެވެ.

މެޑަމް ފަޒުނާ ވިދާޅުވީ ރައީސް ޞާލިޙު އެފަދަ އަމަލުތައް ނުކުރެއްވިޔަސް، ރާއްޖޭގެ ވެރިކަމަށް ޑިކްޓޭޓަރަކު އިސްވެއްޖެއްޔާ، ޤާނޫނުތައް ބޭނުންކުރައްވައިގެން ވިޔަސް އެމަނިކުފާނު ޖަލަށް ލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެެ.

މި ޕްރޮގްރާމްގައި އިތުރަށް ވާޙަކަފުޅު ދައްކަވަމުން ފަޒުނާ ވިދާޅުވީ ރައީސް ޞާލިޙަކީ ބަދަލުހިއްޕެވުމުގެ ރޫހު ހުންނެވި ބޭފުޅެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ ވެރިކަން ނިމިގެންދިޔައިރު ސިޔާސީ ބޭފުޅުންނާއި ނޫސްވެރިންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް ހުޅުވާލާފައިވާ ކަންވެސް މެޑަމް ފަޒުނާ ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން