ފޮޓޯ: ސީއެންއެމް
ފޮޓޯ: ސީއެންއެމް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިރުޝާދުގެ މަތިން އަދިވެސް ޓީމުތަކުން ގިޔަރު މައްޗަށް ޖެއްސެވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީޅް ގޮވާލައްވައިފިއެވެ.

ފައްޔާޒު މިފަދައިން ގޮވާލައްވާފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ފައްޔާޒުގެ ޓްވީޓްގައި އޭނާ ވަނީ ސެޕްޓެމްބަރ 9 ގައި ބާއްވާ އިންތިޚާބު އެމްޑީޕީއަށް އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

"އުފާވެރި އަމާން ރާއްޖެ ހޯދުމަށް ދެންމިއޮތީ އެންމެ 18 ގަޑިއިރު. އަޅުގަޑުމެންގެ ކެންޑިޑޭޓްގެ އިރުޝާދާ އެއްގޮތަށް ޓީމުތަކުން ގިއަރު އަދިވެސް މައްޗަަށް ޖައްސަވާ! އިރާދަކުރެއްވިއްޔާ މި އިންތިހާބު އަޅުގަޑުމެން ކާމިޔާބުކުރާނީ ބޮޑު ތަފާތަކުން އެއްބުރުން. ކުރިޔަށް ކުރިޔަށް، ބާރަށް ކުރިޔަށް،" ފައްޔާޒުގެ ޓްވީޓްގައިވެއެވެ.

ފައްޔާޒު މި ޓްވީޓް ޕޯސްޓްކުރައްވާފައި ވަނީ ރައީސް ޞާލިޙު އައްޑޫ ސިޓީއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ކާމިޔާބު ކަމާއެކު ނިންމަވާލައްވާފައި ވަނިކޮށެވެ. އައްޑޫ ސިޓީން ވަނީ އެމަނިކުފާނަށް ތާރީޚީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން