"އުފާވެރި އައްޑޫ" މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަވުމުން އައްޑޫއަށް ވަކި އިތުރު ކަމެއް ބޭނުން ނުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.

އައްޑު އަތޮޅު ހިތަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުން ކުރި ކަންކަމަށް ވުރެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އައްޑުއަށް ގެނައި ތަރައްގީ މާ ބޮޑު ކަމަށެވެ.

އައްޑޫގެ ތަރައްގީއަށްޓަކައި އައްޑޫ ރައްޔިތުން ކުރަންވީ ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކުރުން ކަމަށް އަސްލަމް ވިދާޅުވިއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން